އައްޑޫ ސިޓީއާ ފުވައްމުލައް ސިޓީއަށް ނައިބު ރައީސް ފައިސަލް ނަސީމް ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

Ads by Asuru

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ނައިބު ރައީސް މި ދަތުރުފުޅު ފައްޓަވާނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގައި ކަމަށެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި އައްޑުއާ ފުވައްމުލަކުގައި ސިއްހީ އަދި ތައުލީމީ ދާއިރާއިން ހިންގަމުން ގެންދާ މަޝްރޫއުތައް ބައްލަވާލައްވައި، ތަރައްގީގެ އިތުރު ކަންކަން ކުރިއަށްދާ ގޮތްވެސް ބައްލަވާލައްވާނެއެވެ.

އަދި އެ ދެ ސިޓީގެ މުއައްސަސާތަކުގެ އިސްވެރިންނާވެސް ނައިބު ރައީސްގެ މި ދަތުރުފުޅުގައި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.