ފ. ދަރަނބޫދޫގައި މިއަދު ޕޮލިސް ޕޯސްޓެއް ހުޅުވައިފިއެވެ.

އެ ޕޯސްޓް ހުޅުވައިދެއްވީ ހޯމް މިނިސްޓަރު އިމްރާނެވެ. އެ ރަސްމިއްޔާތުގައި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުން ކަމަށްވާ އަލީ ރަޝީދާއި އަބްދުލް މަންނާނު ޔޫސުފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިމްރާން މިއަދު ވިދާޅުވީ ދަރަނބޫދޫގައި ޕޮލިސް ޕޯސްޓެއް ހުޅުވި އިރު، އެ ރަށަކީ މިހާރު ވެސް ކުށް މަދު ރަށެއް ކަމަށާއި ޕޮލިސް ޕޯސްޓްގެ ސަބަބުން ދަރަނބޫދޫ އަކީ މިހާރަށް ވެސް ކުށް މަދު، އަމާން، ސުލްހަވެރި އަދި އުފާ ފާގަތި ރަށަކަށް މަގުފަހިކޮށް ދެވޭނެ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ފުލުހުންގެ ހިދުމަތް ދިނުމުގެ ސިޔާސަތުގެ ތެރެއިން މިހާތަނަށް ވަރަށް ގިނަ ރަށްރަށުގައި ޕޮލިސް ސްޓޭޝަންތަކާއި ޕޮލިސް ޕޯސްޓްތައް ގާއިމުކޮށްފައިވެއެވެ.