ހދ.ނޮޅިވަރަމުގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދުގެ ހަށިގަނޑު މިހާރު މާލެ ގެނެސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ނިޝާމާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް އަންނަނީ ކުރަމުންކަމަށެވެ.
އުމުރުން 28 އަހަރުގެ ނިޝާމާ މަރުވެފައި އޮއްވާ ފެނުނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.
އަދި ނިޝާމާގެ ހަށިގަނޑު ކުޅުދުއްފުއްޓަށް ގެންގޮސްފައިވަނީ އެ ރޭގެ ވަގުތެއްގައެވެ. ފުލުހުން ހޮނިހިރު ދުވަހުގެ ރޭ ބުނެފައިވަނީ ނިޝާމާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ތަހުގީގު ޓީމުން ނިންމާފައިވާކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނިޝާމާގެ ފިރިމީހާ އދ ފެންފުށީ ރޯޒީ ވިލާ އުމުރުން 32 އަހަރުގެ އަބޫބަކުރު ފައިސަލްއެވެ.
އޭނާ މިހާރު ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ. އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ، ފައިސަލްގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް ކޯޓުން ހުއްދަ ދީފައިވާ ކަމަށެވެ.

ތި ފުރާނަނެތްހަށިގަނޑު ކޮށަމެށުމަށްވުރެ މާރަނގަޅުނޫންތޯ ކަންކުރިމީހާގާތުން ސާފުކުރިއްޔަ ޝަރީޢަތަށް ގަބޫލުނުކުރާ ކޮން ހެއްކެއް ނުވަތަ ގަރިނާއެއް ހޯދަންތޯ ތިމަސައްކަތްތިކުރަނީ