ގުޅިފަޅުގައި ހުންނަ ތިލަމާލެ ބްރިޖް މަސައްކަތްކުރާ މީހުންގެ އެކެމަޑޭޝަން ބްލޮކުގައި ހިނގި އަލިފާނުގެ ހާދިސާގައި، ޕްރޮޖެކްޓް ހިންގާ އެފްކޯންސްގެ މުވައްޒަފަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ބްރިޖު އޮފީހުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާންއާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވަނީ އަލިފާނުގެ ހާދިސާއަށްފަހު އެކަކު މަދު ކަމަށެވެ.

އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު މި އަލިފާން ރޯވި ހާދިސާއާ ގުޅިގެން 73 މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.