ރަސްފަންނު މަރާމާތު ކުރުމުގެ މަސައްކަތް، މާލެ ސިޓީ ކައުންސިލުން ކޮށްފިއެވެ.

Ads by Asuru

މާލޭގެ ޕާކުތަކާ މައިޒާންތައް މަރާމާތު ކުރުމަކީ، ސިޓީ ކައުންސިލުގެ ހިނގަމުން އަންނަ ދައުރުގައި ވަަރަށް ބޮޑު އިސްކަމެއް ދެމުން އަންނަ ކަމެކެވެ. މިގޮތުން ކޮންމެ ދުވަަހަކުވެސް ޕާކުތަކާ މައިޒާންތައް ސާފު ކުރުމުގެ މަސައްކަތް އެ ކައުންސިލުން ކުރެއެވެ.

އަދި ސަލްޓަން ޕާކާއި، ސުނާމީ ބިނާ ފަދަ މައިޒާންތައް މަރާމާތު ކުރުމުގެ މަސައްކަތް ކައުންސިލުން މީގެ ކުރިންވެސް ކޮށްފައިވެއެވެ.

2018 ވަނަ އަހަރުގައި ޕީޕީއެމްގެ ވެރިކަން ބަދަލުވި ފަހުން، މާލޭގެ ޕާކުތަކާ މައިޒާންތައް ވީރާނާވާން ދޫކޮށްލާފައި އޮތް އޮތުން ބަދަލު ކުރެއްވުމަކީ މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުގެ ކެމްޕެއިން ވައުދެކެވެ.