އިދިކޮޅު ސިޔާސީ ޕާޓީތައް ކަމަށްވާ ޕީޕީއެމާއި ޕީއެންސީން ރަށްތަކަށް ކުރަމުން އަންނަ ދަތުރުތަކުގެ ތެރެއިން. ކ. އަތޮޅުގެ ރަށްތަކަށް ދަތުރެއް ފަށައިފިއެވެ.

މި ދަތުރުތަކުގައި އެ ޕާޓީތަކުގެ އިސްވެރިން ރަށްތަކަށް ވަކިވަކިން ވަޑައިގެން ސިޔާސީ އެކިއެކި ހަރަކާތްތައް ހިންގާނެއެވެ.

ކ. އަތޮޅުގެ ދަތުރާ ބެހޭ ގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މި ދަތުރުގެ ބޭނުމަކީ މިހާރުގެ ސަރުކާރުން ރައްޔިތުންނަށް ޖައްސާފައި އޮތް ހާލަތު ބުނެދިނުން ކަމަށެވެ.