ކޮވިޑާ ގުޅިގެން ވެންޓިލޭޓަރުތަކެއް ގެންނަން ދުބާއީ ކުންފުންޏަކާ ހަވާލުކޮށް، އޭ ނުލިބުނު މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

Ads by Asuru
އެ މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ ހެލްތު މިނިސްޓްރީގެ ކުރީގެ ނައިބު ސ. ފޭދޫ ޕިންކް ހައުސް ޝިޔާމާ މުހައްމަދާއި އެ މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ތ. ކިނބިދޫ ބޯގަންވިލާ، އަހުމަދު އަސްލަމްގެ އިތުރުން އެ މިނިސްޓްރީގެ ކުރީގެ ލީގަލް އޮފިސަރު ލ. ގަން، ފެއަރީގާޑެން އަލީ ޝިހާމްގެ މައްޗަށެވެ.

އެ މީހުންގެ މައްޗަށް ވެސް ކުރުމަށް ކޮށްދިނުމަށް އެދުނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން، ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލައިގައި ދައުލަތަށް ގެއްލުނު 31,052,025ރ. އަނބުރާ ހޯދުމަށް ވެސް އޭސީސީން އެދުނެވެ.

ކޮވިޑް-19 ގެ ފަރުވާ އަށް ވެންޓިލޭޓަރު ހޯދަން، މާލީ އަދި ފަންނީ ގާބިލް ކަމެއް ނެތް ދުބާއީގެ ކުންފުންޏެއް ހޮވުމުގައި މާލިއްޔަތު ގަވާއިދާ ހިލާފުވެ ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައިވާ ކަން ފަޅާއެރީ، އޮޑިޓަ ޖެނެރަލް ނެރުއްވި ހާއްސަ އޮޑިޓުންނެވެ.