މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ސިޔާސީ ހަރަކާތްތައް ފަށައިގަންނަން ބޭނުންވަނީ އޭނާގެ އެންމެ ފޮޓޯގަނޑަކާ، އެންމެ ލަފްޒެއް ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

Ads by Asuru

މޫސަ މިފަހުން އެމްޑީޕީއާ ގުޅިވަޑައިގެންފައިވަނީ އަށް އަހަރު ފަހުންނެވެ. 2023 އަށް އެ ޕާޓީން ތައްޔާރު ވަމުން އަންނައިރު، ވަރަށް އަވަހަށް ޕާޓީގެ ހަރުގެ ޖަލްސާތައް ފައްޓަވާނެ ކަމަށް މޫސަ ވަނީ ހާމަކުރައްވައިފައެވެ.

މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަނޑުޖެހި، ފަހަތު ފަޔަށް ބުރަ ވެފައި އޮއްވާ، އެމްޑީޕީ ނިދިން ހޭލައްވާލައި، ޕާޓީގެ ހަރަކާތްތައް ފަށައިގަތުމަށްޓަކައި ބޭނުންވަނީ އޭނާގެ އެންމެ ލަފްޒަކާއި ފޮޓޯއެއް ކަމުގައެވެ.

”މި ދާ ބާރުގަ ގޮސް، މަންޒިލަށް ވާސިލުވާނެ. އެމްޑީޕީ އެނގޭނީ އެމްޑީޕީ އުފެއްދި މީހުންނަށް.“ މޫސަ ވިދާޅުވިއެވެ.

އަންނަ މަހުގެ 28 ވަނަ ދުވަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވާއިރު، މި އިންތިހާބުގައި ވާދަ ކުރައްވަނީ އެމްޑީޕީގެ އިސް ލީޑަރު ކަަމުގައިވާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ.