ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް 2018 ވަނަ އަހަރުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެންނެވި ގޮތަށް އެޕާޓީގެ މެމްބަރަކު ފާޑުވިދާޅުވެއްޖެެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީީޕީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ސޯލިހަށް ވެރިކަން ލިބިވަޑައިގަތީ ކުރިން އެމަނިކުފާނަށް ރިޔާސީ ޓިކެޓު، ތަބަކެއްގައި ލިބިވަޑައިގަތުމުން ކަމަށެވެ.
”ތަބަކުން ޓިކެޓެއް ހޯއްދަވައިގެން ލިބިލެއްވި ވެރިކަމުގައި މުޅި ދައުރު އެ ހޭދަކުރައްވަނީ. ސަރުކާރުގެ ބާރުތައް ނަހަމަ ގޮތުގައި ހިއްޕަވައިގެން، އެކަން ދިން މީހާ ނައްތާލުމުގެ މަސައްކަތުގައި.“ ރައީސް މުހަައްމަދު ނަޝީދުގެ ފެކްޝަނުގެ މެމްބަރު ވައްޑެ ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ފެށިގެން ކުރިއަށްދާއިރު، ޕާޓީގެ މި އެތެރޭގެ އިންތިހާބުގައި ވާދަ ކުރައްވާ ގޮތަށް އޮތީ، ދެ މިތުރުން ކަމުގައިވި ރައީސް ނަޝީދާ، ރައީސް ސޯލިހެވެ.