ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަކީ ވެރިކަން ބޭނުންފުޅުވާ ބޭފުޅެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ ފެށުނީއްސުރެން ފެށިގެން ވެސް ސިޔާސީ ކަންކަމުގައި ނަޝީދާ ހިޔާލުތަފާތު ކަމަށާއި ނަމަވެސް އަބަދުވެސް އެކީގައި ކުރިއަށް ދެވޭ ކަމަށެވެ.
ނަޝީދު ވެރިކަމުގައި ހުރިއިރު ވެސް ނިންމެވި ބައެއް ނިންމެވުންތަކާ ދެކޮޅު ހަދައި ފެންނަ ގޮތް ހާމަކުރެއްވި ކަމަށާއި ނަމަވެސް ނަޝީދަކީ އޭރު ވެރިއަކަށް ހުންނެވި ފަރާތަށް ވާތީ އެމަނިކުފާނު ގިނަ ފަރާތްތަކާ އެކީ މަޝްވަރާ ކުރެއްވުމަށްފަހު ނިންމުމުން އެކަން ގަބޫލުކުރެއްވި ކަމަށެވެ.
މި ކޯލިޝަން ވެރިކަމުގައި ވެސް ކަންކަން ނިންމަވަނީ ގިނަ ބަޔަކާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.