ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން ސްރީލަންކާ އަށް މިއަދު ފުރާވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުން ލަންކާއަށް ފުރާވަޑައިގަތީ ފަސް ދުވަހުގެ ދަތުރުފުޅެއްގައެވެ. މި ދަތުރުފުޅާ ގުޅޭ މައުލޫމާތެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.
އާ އަހަރާ ދިމާކޮށް ރައީސްގެ ދެކަނބަލުން އާންމުކޮށްވެސް ލަންކާއަށް ވަޑައިގަންނަވައެެވެ.
