މިރޭ 12:00އިން އިން ފެށިގެން ޓެކްސް ބޮޑުވާތީ، ވިޔަފާރިވެރިން ސަމާލުވުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިލްތިމާސްކޮށްފި އެވެ.

Ads by Asuru

މިރެއިން ފެށިގެން، ޓީޖީއެސްޓީ 16 ޕަސެންޓަށް އަދި ޖީއެސްޓީ އަށް ޕަސެންޓަށް ބޮޑުވާނެއެވެ.

އެކަމާ ގުޅިގެން މީރާއިން ވަނީ، ޓެކްސްއަށް އަންނަ ބަދަލާ ގުޅިގެން ވިޔަފާރިތަކުން ސަމާލުކަންދޭންޖެހޭ ކަންކަމުގެ ’ފެކްޓް ޝީޓް‘ އެއް އެ އިދާރާގެ ވެބްސައިޓުގައި ޝާއިއުކޮށްފައެވެ.

މީރާއިން ނެރުނު ބަޔާނުގައި ބުނީ، 24 ގަޑިއިރު ހިދުމަތްދޭ ވިޔަފާރިތަކުން މިރޭ 12 އިން ފެށިގެން އާ ރޭޓުގައި ޖީއެސްޓީ ނަގަން ޖެހޭނެ ކަމަށާއި 24 ގަޑިއިރު ހިދުމަތް ނުދޭ ވިޔަފާރިތަކުން އާ ރޭޓުގައި ޖީއެސްޓީ ނަގަން ފަށާނީ، މާދަމާ ވިޔަފާރިތަށް ހުޅުވާ ވަގުތުން ފެށިގެން ކަމަށެވެ.

މާދަމާއިން ފެށިގެން، ވިއްކާ މުދަލާއި ދެވޭ ހިދުމަތްތަކުގެ އަގު ޖަހާފައި ހުންނަން ޖެހޭނީ އާ ރޭޓު ހިމަނައިގެން ކަމަށް މީރާއިން ބުންޏެވެ.