އުރީދޫ ކްލަބް ޕްރީމިއާ ކަސްޓަމަރުންނަށް އާ އަހަރުގެ ހާއްސަ ހަދިޔާއެއްގެ ގޮތުން ހޮވާލެވިފައިވާ އައުޓްލެޓް ތަކަކުން ހާއްސަ ޑިސްކައުންޓް އޮފާތަކެއް ތައާރަފުކޮށްފިއެވެ.

Ads by Asuru

އުރީދޫން މައުލޫމާތު ދޭ ގޮތުގައި މާދަމާގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން ކޮކޯ ޓްރީސް، މީޓް ސްޓްރީޓް، ސެންޓްރަލް ޕާކް ކެފޭ އަދި ކްރޭޕް ރަނާއިން ކްލަބް ޕްރިމިއާގެ ކޮންމެ މެމްބަރަކަށްވެސް 23 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.

އުރީދޫން ބުނީ މި އޮފާއަކީ ކްލަބް ޕްރިމިއާ މެމްބަރުން އެ ކުންފުންޏަށް ޒަމާނުއްސުރެ ކުރާ އިތުބާރާއި ވަފާތެރިކަމުގެ ހާއްސަ ހަދިޔާއެއްގެ ގޮތުގައި 2022 ވަނަ އަހަރު ނިމުމުގެ އުފާ ފާޅުކޮށް، ރައްޓެހިންނާއި އާއިލާއާއެކު އާ އަހަރަކަށް މަރުހަބާ ކިޔަމުން އަންނަ އިރު، އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ތައާރަފުކުރި އޮފާއެއް ކަމަށެވެ.

އާ އަހަރާ ދިމާކޮށް އުރީދޫން ވަނީ ޕްރިޕެއިޑް ކަސްޓަމަރުންނަށްވެސް ހާއްސަ ޕެކޭޖެއްވެސް ތައާރަފުކޮށްފައެވެ. ”ޕްރީޕެއިޑް އަހަރީ ޕްލޭން“ގެ ނަމުގައި އުރީދޫން ތައާރަފުކުރި 3،000 ރުފިޔާގެ އެ ޕެކޭޖު އެކްޓިވޭޓް ކޮށްލުމުން މުޅި އަހަރަށް ދުވާލަކު 1 ޖީބީ ޑޭޓާ ލިބޭނެއެވެ.

ކްލަބް ޕްރިމިއާ ހިދުމަތް އުރީދޫން ތައާރަފުކުރީއްސުރެ، އެ ހިދުމަތް ފުޅާކޮށް ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ.

އެގޮތުން ފަހުގެ އާ ބްރޭންޑްތަކާއި ޕާޓްނަރުންގެ ހާއްސަ ޑިސްކައުންޓްތައް ފޯރުކޮށްދެއެވެ. ރާއްޖޭގެ ބްރޭންޑްތަކަށް ބަލައި އިރު، ނަދާ ސެލޫން އެންޑް އެއިސްތެޓިކްސް، ބްރޭންޑްލޫމް، ކޮފީ ލެބް މޯލްޑިވްސް، ސޮނީ ލައިފްސްޓައިލް، ކައިލާންގެ އިތުރުން އެހެނިހެން މަގުބޫލު ބްރޭންޑްތަކުން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބެއެވެ.