އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ތަރުޖަމާނަކަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ހަމަޖައްސަވައިފިއެވެ.
ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ.
މާރިޔާ ވަނީ 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ރައީސް ސޯލިހުގެ ތަރުޖަމާނުކަމުގެ މަގާމު ފުރުއްވައިފިއެވެ.
މިމަހު 28 ވަނަ ދުވަހު އޮންނަ އެޕާޓީގެ ޕްރައިމަރީގައި ރައީސްއާ ވާދަ ކުރައްވަނީ ރައީސް މުހައްމަދު ނަޝީދެވެ.
