އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުނީ މިއަދު ހެނދުނު 05:43 ހާއިރު ކަމަށެވެ.

Ads by Asuru

ފިހާރައިގައި ރޯވި އަލިފާންގަނޑު އިތުރަށް ނުފެތުރޭ ވަރަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވަނީ ހާމަކުރައްވައިފައެވެ.

އަލިފާނުގެ ހާދިސާގެ މަންޒަރުތައް ފެންނަ ވީޑިއޯ ހިއްސާ ކުރައްވައި އެކަމަނާ ކުރެއްވި ޓްވީޓެއްގައި ވަނީ އަލިފާންގަނޑު ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، އަދި އިތުރަށް އެ އަލިފާންގަނޑު ފެތުރިގެން ދިޔުމުގެ ފުރުސަތު ކުޑަ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ.

އަލިފާން ރޯވި ތިން ބްލޮކްގައި ތިބީ މުޅިންވެސް ބިދޭސީންނެވެ. އެއީ މާލޭ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުންނެވެ. އެ އެންމެންވެސް އިމާދުއްދީން ސްކޫލަށް ބަދަލުކޮށްފައިވާއިރު، ދުމުގެ އަސަރު ކުރުމުގެ ސަބަބުން، އިމާދުއްދީން ސްކޫލްގެ ހެނދުނު ދަންފަޅީގެ ކިޔެވުން ވަނީ ފަސްކޮށްފައެވެ.