ބަނގުރަލާ އެކު ހުޅުމާލެ އިން ބިދޭސީ އަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހުޅުމާލޭގައި މިއަދު ދުއްވާފައިދިޔަ ވޭނަކާއި މެދު ތުހުމަތު ކުރެވިގެން އެ ވޭން ބަލާފާސްކުރުމުގެ ތެރޭގައި ބަނގުރާ ފުޅިތަކާއި ދަޅުތަކެއް ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ވަނީ ގެންގޮސްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.