ތ. ވިލުފުށީގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި މިރޭ ވިލުފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނު ވެސް ކެމްޕެއިންގައި ގޭގެއަށް ވަންނަމުންދާ ކަމަށާއި ހުރިހާ ގެތަކުން ވެސް އިވެނީ ޝަކުވާ ކަމަށެވެ.

އެގޮތުން އެންމެ ބޮޑަށް ރައްޔިތުން ކުރަނީ ދޮގު ހަދާ ކަމުގެ ޝަކުވާ ކަމަށާއި ކަމެއް ކުރާނެ ކަމަށް ވައުދުވުމަށްފަހު އެކަން ނުކުރާ ކަމުގެ ޝަކުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

”އަޅުގަނޑު ވެސް މިރޭ ވައުދެއް ވާނަން. ވިލުފުށީގައި މި އެއާޕޯޓް ހެދުމަށް ކްރޮސް ސަބްސިޑީގެ އުސޫލުން އަޅުގަނޑުމެންގެ ސަރުކާރުގައި މަސައްކަތް ކުރިއަށް ގެންދާނަން.“ ރައީސް ނަޝީދު ވިދާޅުވިއެވެ.