ދިވެހިރާއްޖެ މިއަދު އޮތީ ވަރަށް ނާއުއްމީދީ ހާލަތެއްގައި ކަމަށާ އެ ނާއުއްމީދަށް އޮތް އުއްމީދަކީ ޕީޕީއެމްގެ ރިޔާސީ ކެންޑީޑޭޓު ރައީސް އަބްދުﷲ ޔާމީން ކަމަށް ޕީޕިއެމްގެ ރަޖިސްޓްރާ އަދި އެ ޕާޓީީގެ ހޮޅުދޫ ދާއިރާގެ ރައީސް އަހުމަދު ހަމްދާން ނާޞިރު ވިދާޅުވެއްޖެއެވެ.

ފެބްރުއަރީ މަހުގެ 2 އިން ހަތަރަކަށް ބާއްވާ ރައީސް ޔާމީން 2023 ހޯޕް ކޮންފަރެންސްގެ މައުލޫމާތު ދެއްވުމަށް ޗެނަލްއިން ގެނެސްދޭ ކަވަރޭޖުގައި ވާހަކަ ދައްކަވަމުން ހަމްދާން ވިދާޅުވީ، ގައުމަށް ދިމާވެފައި އޮތް އެންމެ ބިޮޑު މައްސަލައަކީ އިހުލާސްތެރި ވެރިންތަކެއް ނެތުން ކަމަށާ އެގޮތުން މިއަދު މަތި ފަޑީގައި ތިބީ ހުސް ގައުމަށް ޣައްދާރުވެފައި ތިބި އަމިއްލަ އެދުންވެރިކަމުން ފުރިފައި ތިބި ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

 

”މިހާރު ވެރިކަމުގައި ހުރި އިބްރާހިމު މުހައްމަދު ސޯލިހު ގެންދަވަނީ ފެށުނީއްސުރެވެސް ރައީސް ޔާމީންއަށް އެކި ގޮތް ގޮތުން އަނިޔާކުރަމުން. އެއީ މި ބޭފުޅުން ކުރައްވާ ވައްކަންތަކާ ހިންގާ ކޮރަޕްޝަންގެ ވާހަކައާ ދެކޮޅު ނުޖެހޭ ކަންކަމުގެ ދައްކަވާ ހަމައެކަނި ލީޑަރީ ރައީސް ޔާމީން ކަމަށް ވުމުން. އެހެން ހުރިހާ ސިޔާސީ ލީޑާރުން ކަމަށް ބުނާ ފަރާތްތައް އެތިބީ އިބްރާހިމު މުހައްމަދު ސޯލިހުގެ ލާދީނިއްޔަތުކަމާ ނާގާބިލުކަން ފޮރުވަން މަގާމުތަކުގެ ދިފާއުގައި. ދީނާ ހިލާފު އެތައް ކަމެއްކޮށްފި، އަދާލަތު ޕާޓީގެ ރައީސް ހޯމު މިނިސްޓަރަކށް ހުރެ މާލެ މަސާޖު ޕާލާތަކުން ފުރަލައިފި. މިއަދު މި ގައުމުގައި މިއޮތް ހާލަތު. ނާއުއްމީދީ ހާލަތެއް މިއޮތީ މިއަދު މިގައުމުގައި. އެހެންވީމަ މި ހާލަތު ބަދަލުކުރުމަށްޓަކައި އަޅުގަޑުމެންނަށް އޮތް ހަމައެކަނި އުއްމީދަކީ ރައީސް ޔާމީން. ރައީސް ޔާމީންއަކީ އެކަން އަމަލު ދައްކަވާފައިވެސް ހުރި ބޭފުޅެއް.“ ހަމްދާން ވިދާޅުވިއެވެ.

ހަމްދާން އިތުރަށް ވިދާޅުވީ އެހެންކަމުން ހުރިހާ ރައްޔިތުންވެސް އިއްތިފާގުވާނެ ކަމަކީ ކަންކަން ހާސިލްކޮށް އެކަނ ްއމަަލާ ބަހުންވެސް ދައްކަވާފައި ހުންނެވި ވެރިޔަކަށް ދެންވެސް އިތުރަށް ކަންކަން ހަމަ މަގަށް އެޅުވޭނެކަން ކަމުގައި ކަމަށެވެެ.