ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ޖާބިރު ލީޑަރަކަށް ހުންނެވި ޑީއާރްޕީގައި ގާނޫނުގައި ބުނާ ވަރަށް މެމްބަރުން ނެތުމުން އެ ޕާޓީ އުވައިލަން އިލެކްޝަން ކޮމިޝަން (އީސީ) ނިންމާފައި ވަނިކޮށް އޭނާ އާ ޕާޓީއެއް އުފައްދަން އުޅުއްވާ ކަމަށް ވިދާޅުވެއްޖެއެވެ.

Ads by Asuru
މީޑިއާއަކަށް ދެއްވި އިންޓަރވިޔުއެއްގައި އޭނާ ވިދާޅުވީ އަލަށް އުފައްދަން އުޅޭ ޕާޓީ އަށް ކިޔާނީ ގްރީން ޕާޓީ އޮފް މޯލްޑިވްސް (ޖީޕީއެމް) ކަމަށެވެ.

އަދި އެ ޕާޓީ ވާނީ ސިޔާސީ މަސައްކަތްތަކުގެ އިތުރުން ތިމާވެއްޓާ ގުޅުން ހުރި ދާއިރާތަކުން ވެސް މަސައްކަތްކުރާނެ ޕާޓީއަކަށް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޖީޕީއެމަކީ ޒުވާނުންނަށް ވެސް ހާއްސަ އިސްކަމެއް ދޭނެ ޕާޓީއެއް ކަމަށް ޖާބިރު ވިދާޅުވިއެވެ.