ރާއްޖޭގެ އުތުރު ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 60 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.

Ads by Asuru

ފުލުހުން ބުނީ 13 އަހަރުގެ އަންހެން ކުއްޖަކާ ބެހުނު މައްސަލައެއް ރިޕޯޓްކުރީ މިދިޔަ ހޮނިހިރު ދުވަހު ކަމަށާއި އެކަމާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން 60 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.