ކްރޮސްރޯޑްސް މޯލްޑިވްސް އަށް މި މަހު ހިލޭ ދިއުމުގެ ފުރުސަތު ދޭން ނިންމައިފިއެވެ.

Ads by Asuru
އެތަނަށް ހިލޭ ދެވޭނީ މި މަހުގެ 9-15 އަށެވެ. މިއީ ކްރޮސްރޯޑްގައި ޚާއްސަ ހަރަކާތްތަކެއް ބާއްވާތީ އެކަމާ ގުޅުވައިގެން ދިވެހިންނަށް ހާއްސަކޮށްގެން ހުޅުބި ފުރުސަތެކެވެ.

އެގޮތުން މި މަހުގެ 9 ވަނަ ދުވަހު އެތަނުގެ މެރީނާގައި ލައިވް ބޭންޑްގެ ހަރަކާތްތަކެއް ހަވީރު 5:00 އިން ރޭގަނޑު 7:00 އަށް ބާއްވަން ވެސް ހަމަޖެހިފައިވެއެވެ.

އަދި އެ ރޭ 8:30 ގައި ޑީޓިއުން ބޭންޑްގެ މިއުޒިކް ކުޅެން ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން މި މަހުގެ 10 ގައި ކްރޮސްރޯޑްސްގައި ސްޓްރީޓް މާކެޓް ބާއްވާ އިރު، ހާޑްރޮކް ކެފޭގައި ޑެވިއޭޓް ބޭންޑްގެ ހަރަކާތްތަކާއި ރޭގަނޑު ލައިވް ޑީޖޭ ވެސް ކުރިއަށް ދާނެއެވެ.

އަދި 11 ވަނަ ދުވަހު ގޭމްތަކާއ އެކު ކުޑަކުދިންނަށް ހާއްސަ އިވެންޓެއް ބާއްވަން ހަމަޖެހިފައިވާ އިރު، ހާޑްރޮކް ކެފޭގައި ޕްރޮޖެކްޓް ގްރޫވް ބޭންޑްގެ ހަރަކާތްތައް އޮންނާނެއެވެ.