މޯލްޑިވްސް ޑިވެލޮޕްޓްމަންޓް އެލައިން (އެމްޑީއޭ) ގެ ލީޑަރު އަދި މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) އަށް ސިޔާސީ އިސް މަގާމެއް ލިބިވަޑައިގެންފިއެވެ.

މަޝްހޫރު ވިޔަފާވެރިޔާ އަށް ލިބުނީ ރުމޭނިއާ އިން ރާއްޖެ އަށް ކަނޑައަޅާ އޮނަރަރީ ކޮންސުލްގެ މަގާމެވެ.

ސިޔާމަށް މިދިޔަ އަހަރުގެ ފަހުކޮޅު ލިބިވަޑައިގަތް އެ މަގާމު ސަރުކާރުން ގަބޫލުކުރިކަމުގެ ލިޔުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ވަނީ ސިޔާމާ ހަވާލުކޮށްފައެެވެ.