އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ރައީސް ޔާމީން ވެރިކަމަށް ގެނައުމުގެ މަސައްކަތް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ޝަހީމް މިހެން ވިދާޅުވެފައިވަނީ، އިދިކޮޅުން އިއްޔެ ފެށި ހޯޕް ކޮންފަރެންސްގައި ދެއްކެވި ވާހަކައިގައެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން މިވަގުތު ޖަލުގައި އޮންނެވި ނަމަވެސް މިނިވަން ވާނެ ކަމުގެ އުއްމީދު ދޫކޮށްނުލައްވާ ކަމަށެވެ. އަދި ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރަން ފުރުސަތު ލިބި ވެރިކަމަށް ގެނެވޭނެ ކަމުގައިވެސް ވިދާޅުވިއެވެ.

ޑރ.ޝަހީމް އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވީ ދިވެހި ގައުމުގެ މިނިވަންކަން ހިފަހައްޓައިދީ، އިގްތިސޯދީ ގޮތުން ގައުމު ކުރިއަށް ގެންދިއުމަށް ކަމަށެވެ.

އެހެންކަމުން ރައީސް ޔާމީންގެ ވެރިކަމަކަށް ދިވެހިން އަދިވެސް އެދޭ ކަމުގައިވެސް ވިދާޅުވިއެވެ.