އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރަން ގޮވާލައި، އިދިކޮޅުން މިއަދު ހަވީރު ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ.

Ads by Asuru

ވެރިރަށް މާލޭގައި ބޭއްވި މި ހިނގާލުމުގައި ރައީސް ޔާމީނަށް ތާއީދު ކުރާ ވަރަށް ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވެއެވެ.

މި ހިނގާލުމުގެ ބައިވެރިން ވަނީ ރައީސް ޔާމީންގެ މައްޗަށް އިއްވި ”ހަރާން ހުކުމް“ ބާތިލު ކުރަން ގޮވައިލައިފައެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށުގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުމުންނެވެ. ދައުވާތައް ސާބިތުވުމުން ވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސްތެރޭ ދެއްކުމަށް ވެސް އަމުރުކޮށްފައެވެ.