އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިހުލާސްތެރިކަމާ އެކު ޔާމީން ސަލާމަތް ކުރުމަށް އުޅުއްވާ ބޭފުޅުންނަށް ވުރެ އިދިކޮޅު ލީޑަޝިޕްގައި ގިނައީ އެހެން މަގުސަދެއް ހާސިލުކުރަން އުޅޭ ބޭފުޅުންކަން އެއް ދުވަހުން އަނެއް ދުވަހަށް ހާމަވާ މިންވަރު ބޮޑުވަމުންދާ ކަމަށެވެ.

Ads by Asuru

އިމްރާން މިހެން ވިދާޅުވި އިރު، ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅުން އަންނަނީ ކޮންމެ ރެޔަކު މާލޭގައި އެއްވުންތައް ބާއްވަމުންނެވެ. އަދި އިއްޔެ ހަވީރު ވެސް ވަނީ އެ މަނިކުފާނު މިނިވަން ކުރަން ގޮވާލައި މާލޭގައި ބޮޑު ހިނގާލުމެއް ބާއްވާފައެވެ.

ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާކަމަށް ކަނޑައެޅުމަށްފަހުއެވެ.

ރައީސް ޔާމީން މިނިވަން ކޮށްފައި ނޫނީ މަގުމަތީ ހަރަކާތްތައްވެސް ހުއްޓާނުލާނެ ކަމަށް އިދިކޮޅުން ބުނެއެެވެ. ރައީސް ޔާމީންގެ މި އަހަރުގެ ރިޔާސީ ކެމްޕެއިން ފެށުމުގެ ގޮތުން އިދިކޮޅުން މިހާރު ބޮޑު ކޮންފަރެންސެއްވެސް ކުރިއަށް އެބަ ގެންދެއެވެ.