އިދިކޮޅު ފަރާތްތަކުން މިރޭ ”ދުއްޕާން“ގެ ނަމުގައި ބޮޑު ޖަލްސާއެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

މިއީ އިދިކޮޅުން މިދިޔަ ބުރާސްފަތި ދުވަހު ފެށި ”ހޯޕް ކޮންފަރެންސް“ގެ ތެރެއިން ބާއްވާ ޖަލްސާއެެެކެވެ. މިރޭ 8:30ގައި، މި ޖަލްސާ އޮންނާނީ އާޓިފިޝަލް ބީޗު ސަރަހައްދުގައެވެ.

މި ޖަލްސާއަށް ”ދުއްޕާން“ މިނަން ދެވުނީ ކީއްވެގެންކަން ހާމަ ކުރައްވައި، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، މިހާރު މި ހިނގަމުން އަންނަ ވެރިކަމުގެ ދައުރަކީ ރައްޔިތުންނަށް ވަރަށް ބޮޑު ދުއްޕާނެއް ކަމަށެވެ. އޭނާ ވަނީ މިރޭގެ ޖަލްސާއަށް އެންމެންނަށްވެސް ދައުވަތު ދެއްވައިފައެވެ.

އިދިކޮޅުން އިއްޔެ ވަނީ މާލޭގެ މަގުތަކުގައި ”ބުންވަރު“ މި ނަމުގައި ބޮޑު ހިނގާލުމެއްވެސް ބާއްވައިފައެވެ.