އއ. މަތިވެރިން ގެއްލިގެން ހޯދަމުން އަންނަ އެރަށު ހަސަން އަލީ (ހަސަންފުޅު) އަދިވެސް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

Ads by Asuru

ފުލުހުން ބުނީ ގެއްލުނު މީހާ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން އެމީހާ ފެނިފައި ނުވާ ކަމަށާއި އެމީހާ ހޯދުމުގެ މަަސައްކަތް އަދިވެސް ކުރަމުންދާ ކަމަށެވެ.

އެގޮތުން ރަށުގެ ފަޅުތެރެ ޑައިވްކޮށްގެން ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި ރަށުގެ ހުރިހާ ސަރަހައްދަކާއި ގޭބިސީތަކާއި ފަޅު ގޯތިތައް ވެސް ބަލާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދިވެސް އެމީހާ ހޯދުމަށް އިތުރަށް ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ހަސަންފުޅު އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ 31 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.