މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ މުހައްމަދު މުއިއްޒުއަކީ ލޭ އޮހޮރުވުމަށް ޖާގަދެއްވާނެ ބޭފުޅެއް ނޫންކަމަށް އެ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުގެ މުވައްޒަފަކު ސޯޝަލް މީޑިއާގައި ލޭ އޮހޮރުވުމަށް ގޮވާލި ކަމަށް ބުނާ މައްސަލައެެއް ފެންމަތިވެފައިވާއިރު، މި ކަމާ ގުޅިގެން ކުރެއްވި ނަރީޝް ވިދާޅުވީ، މޭޔަރު މުއިއްޒުވަނީ އެ މައްސަލަ އެނާގެ ސަމާލުކަމަށް އައުމާއިކު ފިޔަވަޅު އަޅުއްވާފައިކަމަށާއި، އިދިކޮޅު ޕީޕީއެމްއަކީ އެއްވެސް އިރެއްގައި ލޭ އޮހޮރުވުން ފަދަކަންކަމަށް ޖާގަދޭނެ ޕާޓީއެއް ނޫންކަމަށެވެ. އަދި މޭޔަރު މުއިއްޒުވެސް އެފަދަ ކަންކަމަށް ހިތްވަރު ނުދެއްވާނެކަންވެސް ނަރީޝްގެ ޓްވީޓުގައި ފާހަގަކުރައްވައިފައިވެއެވެ.

ސިޓީ ކައުންސިލުގެ ތަރުޖަމާނު ކުރެއްވި ޓްވީޓް ޑިލީޓް ކުރެއްވުމުންވެސް އޭނާއަށް ބައެއް ފަރާތްތަކުން ދަނީ ފުރައްސާރަ ކުރަމުންނެެވެ. އަދި އެ ޓްވީޓު ކުރި މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.