އޭނާއާ ގާތަށްވެސް މަސައްކަތް ކުރެވޭ ވަރުގެ މެމްބަރެއް ރައްޔިތުންގެ މަޖިލީހުގައި ނެތް ކަމަށް އެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

Ads by Asuru

ދައުރުގެ ”ސިޔާސަކަ“އަށް ދެއްވި އިންޓަރވިޔުއެއްގައި ޖާބިރު ވަނީ، މަޖިލީހުގައި އޭނާ ބަހުސް ކުރައްވާއިރު ރާގަށް ބަދަލު ގެންނަވަނީ ގަސްތުގައި ކަމަށް ވިދާޅުވެފައެވެ.

ޖާބިރު ވިދާޅުވީ އޭނާ އަކީ ވަރަށް ބުރަކޮށް މަަސައްކަތް ކުރައްވާ މެމްބަރެއް ކަމަށާއި، ބޮޑީ ލެންގުއެޖަށް ބަދަލު ގެންނެވުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މަޖިލީހުގައި 87 މެމްބަރުން ތިއްބަވާއިރު، އެންމެން އެއްގޮތްވާން ނުޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ސިޔާސީ ކަންކަމުގައި ޖާބިރު އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކަވައި، އެހާ އަަވަހަށް ހިޔާލު ބަދަލުވަނީ ކީއްވެގެންތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ ކޮންމެ ދުވަހަކީވެސް އާ ދުވަހެއް ކަމަށާއި، ކޮންމެ ދުވަހަކު ސިޔާސީ ގޮތުން ވާހަކަ ދެކެވޭ މައުޟޫއު ތަފާތު ވުމުން، ދައްކާ ވާހަކައަށްވެސް ބަދަލު އަންނަނީ ކަމަށެވެ.

މީގެ އިތުރުން ޖާބިރު ވަނީ އޭނާއަށް ވަރަށް ބޮޑަށް ތާއީދު އޮތް ކަމަށް ވިދާޅުވެ، ރާއްޖޭގެ ވެރިކަންވެސް ލިބޭނެކަމުގެ އެންމެ ފުރިހަމަ ޔަގީންކަންވެސް އޮތް ކަމަށް ވިދާޅުވެފައެވެ.