ނ.ލަންދޫ ސްކޫލްގައި ހަތަރު ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް އެޅުމަށް ބަޔަކާ ހަވާލު ކޮށްފިއެވެ.

Ads by Asuru

މި މަސައްކަތް ހަވާލު ކޮށްފައިވަނީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރައްވައިފައިވަނީ އެ މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރު ނައުޝާދު އިބްރާހީމެވެ. އަދި ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެގްގެ ފަރާތުން ސޮއި ކުރައްވައިފައިވަނީ އެ ކުންފުނީގެ ޑިރެކްޓަރު އަޙްމަދު ރަމީޒެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި، މި މަޝްރޫއުއަކީ 2021 ވަނަ އަހަަރުގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއުއެކެވެ.

އެ ކުންފުނިން މި މަޝްރޫއު ހިންގުމަށް ހުށަހަޅައިފައިވަނީ ވިހި މިލިއަން ހަ ލައްކަ ފަސްދޮޅަސް ހަތްހާސް ހަ ސަތޭކަ ނުވަދިހަ ދެ ރުފިޔާ ތިން ލާރިއެެވެ. މި މަޝްރޫއު ނިންމުމަށް ދީފައިވާ މުއްދަތަކީ 365 ދުވަހެވެ.