މާލެ އިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

Ads by Asuru

ފުލުހުން ބުނި ގޮތުގައި ގެއްލިގެން ހޯދަނީ ސ. މަރަދޫފޭދޫ، ގަސްކަރަ، މުހައްމަދު އާސިރު އިސްމާއިލް (31އ) އެވެ.

ފުލުހުން ބުނީ ވީނުވީއެއް ނޭނގި އާސިރު ގެއްލިފައިވާ ކަމަށް ބުނެ އިއްޔެ މައްސަލަ ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މާލޭގައި ދިރިއުޅެމުންދާ އާސިރު އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަނޑު 7:30 ހާއިރު ކަމަށް ފުލުހުން ބުނެއެެވެ.

އޭރު އާސިރު ލައިގެން ހުރީ ނޫކުލައިގެ ޖީންސަކާއި ކަޅުކުލައިގެ ގަމީހެއް ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަންވެސް ފާހަގަކޮށްފައިވެއެެވެ.

ފުލުހުން ވަނީ އާސިރުއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިއްޖެނަމަ އެ މައުލޫމާތު ހިއްސަކުރުމަށް ވެސް އެދިފައެވެ.