ތުރުކީއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނަށާއި ސަރުކާރަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހަމްދަރްދީ ފޮނުއްވައިފިއެވެ.

ރައީސް ސޯލިހު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގައި އެތައް ބަޔަކު މަރުވުމަކީ ލިބިވަޑައިގެންނެވި ފުން ހިތާމައެއް ކަމަށާއި، ދިވެހި ރައްޔިތުން ތިބީ ތުރުކީއާ އެގައުމުގެ ސަރުކާރާއެކުގައި ކަމަށެވެ.

ތުރުކީ އަށް ބާރުގަދަ ބިން ހެލުމުގެ ސަަބަބުން 2،921 މީހުން މިހާތަނަށް ވަނީ މަރުވެފައެވެ. އަދި 15،834 މީހުންނަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފައެވެ. ބިންހެލުމާ ގުޅިގެން އެ ޤައުމުގައި ހިތާމައިގެ ހަތް ދުވަސް އިޢުލާނު ކޮށްފައިވެއެވެ.