ރައްޔިތުންގެ މަޖިލިސް އިއްޔެ ހުޅުއްވައި ދެއްވައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިތުރުފުޅު ހެއްދެވުމުން، މާލެ ސިޓީގެ މޭޔަރު ޑރ.،މުހައްމަދު ރައީސްއަށް ފާޑުވިދާޅުވެއްޖެއެވެ.
އިއްޔެ އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ވިދާޅުވީ މި އަހަރުގެ ޖޫން މަސް ނިމުމުގެ ކުރިން ބޯހިޔާވަހިކަން ލިބޭ ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލުކުރާނެ ކަމަށާއި، ދައުރެއްގެ ތެރޭގައި ބިންގަލުން ފެށި ފްލެޓް ޢިމާރާތެއް ނިންމާ، ރައްޔިތުން ބޯހިޔާވަހި ކުރާ ފުރަތަމަ ސަރުކާރަށް އެ މަނިކުފާނުގެ ސަރުކާރު ވެގެންދާނެ ކަމަށެވެ.
ރައީސް ޔާމީންގެ ވެެރިކަމުގައި ހައުސިިން މިނިސްޓަރަކަށް ހުންނެވި މުއިއްޒު ވަނީ ރައީސް ސޯލިހު ޓެގް ކުރައްވައި، އެ މަނިކުފާނު އިތުރުފުޅު ހެއްދެވުމުން ފާޑު ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، 2014 ވަނަ އަހަރު ބިންގާ އެޅި ފްލެޓްތައް، 2017 ވަނަ އަހަރު ދޫކޮށް، އެ މަނިކުފާނުގެ ވެރިކަމުގެ ފަހު އަހަރުގައި އެތަންތަނުގައި މީހުން ދިރިއުޅެން ފެށިކަން ހާމަކުރައްވައިފައެވެ.
It is extremely pathetic that the President @ibusolih outrightly lied at the Parliament today when he said its the first time a govt has started&completed a housing project during its term! The govt of @prz_ymn started & completed CMEC ph2 1500 housing units and handed over them! pic.twitter.com/yaucFMznoX
— Dr Mohamed Muizzu (@MMuizzu) February 6, 2023
ރާއްޖޭގައި ސަރުކާރުން ހިންގި އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގީ، ރައީސް ޔާމީންގެ ސަރުކާރުންނެވެ. އެއީ ”ހިޔާ“ މަޝްރޫއުއެވެ. ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ، ”ވިލިމާލެ 2“ މަޝްރޫއު ހިންގައި، އެތައްހާސް ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރައީސް ޔާމީން 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިނުގައި ވައުދުވެވަޑައިގެންނެވިއެވެ.