ރިޔާސީ ބަޔާން އިއްވި ޖަލްސާގައި ނަން އިއްވި މެންބަރުން މަޖިލީހުގެ ތަޅުމުން ނެރުނީ ސިފައިން ނޫން ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
ރިޔާސީ ބަޔާން އިއްވުމަށް އިއްޔެ ބޭއްވި ޖަލްސާ ފެށުމުން އިދިކޮޅަށް ނިސްބަތްވާ މެންބަރުން ވަނީ ރައީސް ސޯލިހުގެ އިސްތިއުފާ އަށް ގޮވައިލައިފައެވެ.
އެކަމާ ގުޅިގެން އެމްއެންޑީއެފްއިން ބުނެފައިވަނީ އިއްޔެގެ ޖަލްސާގައި ނަން އިއްވި މެންބަރުން ޗެމްބަރު ތެރޭން ނެރުމުގައި ގައުމީ ދިފާއީ ބާރުން ހަރަކާތްތެރި ނުވާކަމަށެވެ. އަދި އެކަމުގައި ހަރަކާތްތެރިވީ މަޖިލީހުގެ ސެކިއުރިޓީން ކަމަށާއި މިކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ގައުމީ ދިފާއީ ބާރުގައި އެދިފައި ނުވާ ކަމަށެވެ.
ނަން އިއްވި ބައެއް މެންބަރުން ނެރުމަށް އަންހެން ސެކިއުރިޓީން ބޭނުންކުރުމުން އެކަމުގައި ވެސް ފާޑުކިޔުން އަމާޒުވެފައިވެއެވެ.