މި އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ޕީޕީއެމް-ޕީއެންސީން ކުރީގެ ރައީސް އަބްދުﷲ ޔާމީން ނޫން އެހެން ކެންޑިޑޭޓެއް ނެރުމާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކުރެވެމުން ނުދާ ކަމަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ހީނާ މިހެން ވިދާޅުވީ ރައިސް ޔާމީން ނޫން ޗޮއިސަކަށް ޕީޕީއެމްގެ ތެރޭގައި ހިމޭން މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާ ގުޅިގެންނެވެ.

ހީނާ ވިދާޅުވީ ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށާއި އެ ކޯލިޝަނުން އެހެން ޗޮއިސަކަށް މަޝްވަރާއެއް ނުކުރާ އިރު އިތުރު އެހެން ޗޮއިސެއް ނެތް ކަމަށެވެ.

”ޕީޕީއެމް-ޕީއެންސީގެ ހުރިހާ ޗޮއިސަކީ ރައީސް ޔާމީން.“ ހީނާ ވިދާޅުވިއެވެ.

ރައީސް ޔާމީން މިވަގުތު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގައެވެ.