ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ޖިމެއް މިއަދު ހުޅުވައިފިއެވެ.

Ads by Asuru

ޖިމް ހުޅުވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ،  އެ އިދާރާގެ 12 ވަނަ ފަންގިފިލާގައި ހަދާފައިވާ ޖިމަކީ ޕާކިސްތާން ސަރުކާރުން ރައްޔިތުންގެ މަޖިލިީހަށް ދިން ހިލޭ އެހީގައި ހަދާފައިވާ ޖިމެއް ކަމަށެވެ.

މިއަދު ހުޅުވި ޖިމް މިވަގުތު ބޭނުން ކުރެވޭނީ މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް އެކަނި ކަމަށް މަޖިލީހުގެ އިދާރާ އިން ބުންޏެވެ.