އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނެއް އައްޑޫ ސިޓީގެ ގަން އަދި ފޭދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ އެ ސަރަހައްދުގައި ކަނޑު ދަތުރުފަތުރުކުރާ މީހުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

މި ތަމްރީނުތައް ކުރިއަށްދާނީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން އަންނަ މާޗް މަހުގެ ދެވަނަ ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ އިރުއޮއްސި 6:00 އިން ފެށިގެން ރޭގަނޑު 11:59 އަށް އަދި ދަންވަރު 12:00 އިން ފެށިގެން ހެނދުނު 6:00 އަށެވެ.

Ads by Asuru

މި އަސްކަރީ ތަމްރީނުގައި ވައިގެ ސަރަހައްދަށް ބަޑިޖަހާނެ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.