އެމްޑީޕީ ތެރޭގައި އިތުރު ފިކުރެއް ދިރުވަން ލާހިކެއް ނޫން ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގަ ޕާޓީތަކުގައި ތިބޭ މަދު ބައެއްގެ ސަބަބުން ރަސްކަމުގެ ސަގާފަތް އާލާވެ ޕާޓީތަށް ވެސް އެކަކުގެ ފިކުރަށްވަމުންދާ ކަމަށެވެ. އަދި އެމީހާގެ ރުހުން ނެތި ވެރިކަމަށް ވެސް މީހަކު ނެރެން ބިރުން ތިބެންޖެހޭ ހާލަތަށް ކަންކަން ގޮސްފަައިވާ ކަމަށް މޫސަ ވިދާޅުވިއެވެ.

”ވެރިކަމާ ހެދި ބޫތުކައިފަ ހުރި މީހަކު އަސްލު އެމްޑީޕީއޭ ބުނީމަ ކުޑަކޮށްވެސް ހައިރާނެއް ނުވޭ. އެމްޑީޕީ ތެރޭގައި އިތުރު ފިކުރެއް ނުދިރުވޭނެ. ވަރަށް ޔަޤީން، ލާހިކު ކުޅަދާނައެއް ނޫން.“ މޫސަ ވިދާޅުވިއެވެ.