މި ވޭތުވެދިޔަ ދިގު ތާރީޚުގައި ދުވަހަކުވެސް ނުހިނގާވަރަށް ފާއިތުވެދިޔަ 4 އަހަރު މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގާފައިވާކަމަށް ރަސްމާދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.

Ads by Asuru

ރަސްމާދޫ ކައުންސިލުން މިކަން ފާހަގަކުރީ ރަސްމާދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ބޭއްވި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު އޮތް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ރަސްމާދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރ. ރަސްމާދޫ ކައުންސިލުން ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ރަސްމާދޫގައި ނުހިންގާވަރަށް މި ފާއިތުވެދިޔަ ހަތަރު އަހަރުގައި އެ ރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި، މި ސަރުކާރާމެދު އިތުރު އުންމީދުތަކެއް އޮތް ކަމަށް ކައުންސިލުން ފާހަގަކުރެއްވިއެވެ.