ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅެއްގެ ރަށެއްގައި ކުޑަ ދެ އަންހެން ކުއްޖަކާ ބެހުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މި މަހުގެ 1 ގައި ރިޕޯޓްކުރި މައްސަލައާ ގުޅިގެން މިދިޔަ ހޯމަ ދުވަހު 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ކަމަށެވެ.
ނަމަވެސް އެ ހާދިސާއާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ނުދެއެވެ.
ފާއިތުވި ދެ ހަފުތާއެއްގެ ތެރޭގައި ކުޑަކުދިންނާ ބެހިގެން ރިޕޯޓްކުރި މައްސަލަތަކުގެ ތެރޭގައި އުމުރުން ދުވަސްވީ ދެ މީހަކު ކުޑަކުދިންތަކަކާ ބެހުނު މައްސަލަތަކަކާއި މާލޭގެ މިސްކިތަކަށްދާ ފިރިހެން ކުއްޖަކަށް ބިދޭސީއަކު ޖިންސީ ފުރައްސާރަކޮށްގެން ހައްޔަރުކުރި މައްސަލަ ހިމެނެ އެވެ.
