ތ.ބުރުނީގައި ރުށްތަކެއް ނެގުމުގެ މަސައްކަތުގެ ތެރޭގައި ބިދޭސީއަކު މަރުވެއްޖެއެވެ.

Ads by Asuru

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ބުރުނީގައި އެކްސްކަވޭޓަރަކުން ރުއްތަކެއް ނެގުމުގެ މަސައްކަތް ކުރަނިކޮށް، ވެއްޓުނު ރުކަކުން ޖެހިއެވެ. މި ހާދިސާގައި މަރުވީ އިންޑިއާ މީހެކެވެ.

މިއަދު ހަވީރު ހިނގި މި ހާދިސާގައި އިތުރު ތިން މީހަކަށް ވަނީ އަނިޔާވެފައިވާއިރު، އެއީ އިންޑިއާގެ ދެ މީހަކާއި ބަންގްލަދޭޝް މީހެކެވެ.

އަނިޔާވި މީހުންގެ ހާލު ސީރިއަސް ވެފައިވާތީ އެމީހުން އިތުރު ފަރުވާ އަށް މާލެ ފޮނުވާލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.