މެންޗެސްޓަރ ޔުނައިޓެޑުން ނިއުކާސަލް ޔުނައިޓެޑް އަތުން 2-0 އިން މޮޅުވެ އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށް ތަށި ހޯދުމަށް ކުރަމުން އައި ހަ އަހަރުގެ އިންތިޒާރަށް ނިމުމެއް ގެނެސްފިއެވެ.
ރޭ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ޔުނައިޓެޑުން ޖެހި ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ބްރެޒިލްގެ މިޑްފީލްޑަރު ކަސިމީރޯއެވެ. މީގެ ކުރިން ސްޕެއިންގެ ރިއާލްއަށް ކުޅުނު ކަސިމީރޯ ޔުނައިޓެޑާ ގުޅުނީ މިސީޒަންގައެވެ.
މި މޮޅާއެކު މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހޭގް ވަނީ އެ ކްލަބަށް ރިހިމެޑަލްއެއް ހޯދައި ދިނުމުގައި އެއްވެސް ވަގުތެއް ބޭކާރުކޮށްފައެއް ނުވާކަން ހާމަކޮށްދީފައެވެ.
މިއީ 2017 ވަނަ އަހަރު ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ލީގު ކަޕާއި ޔޫރޮޕާ ލީގުގެ ޑަބަލް ކާމިޔާބުކުރި ފަހުން ޔުނައިޓެޑުން ހޯދި ފުރަތަމަ ޓްރޮފީއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ތިން ވަނައިގައި އޮތް ޔުނައިޓެޑް މި ސީޒަނުގައި ވެސް ޗެލެންޖަރުންގެ ގޮތުގައި އޮތްއިރު، އެފްއޭ ކަޕްގެ ފަސް ވަނަ ބުރުގައި ބުދަ ދުވަހު ވެސްޓް ހޭމްއާ ދެކޮޅަށް ކުޅޭ މެޗަށް ފަހު ޔޫރޮޕާ ލީގުގެ ގަދަ 16 ގައި، މާޗް މަހު ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅޭނެއެވެ.