ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެކަމަށް އެދި ޕްރޮޕޯޒަލް ހުޝައެޅުމަށް މިނިސްޓަރީ އޮފް އިސްލާމިކް އެފެއާޒްއިން އިއުލާން ކޮފިއެވެ.

Ads by Asuru

އެމިނިސްޓްރީއިން ކުރި އިއުލާންގައި ބުނީ 1444 ވަނަ އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ހަމަޖެހިފައިވަނީ އެންމެ މަތިން މާކްސް ލިބޭ ތިން ފަރާތަކަށްކަމަށެވެ. އަދި އެއި ކޮންމެ ފަރާތަކަށް މިއަހަރު 90 ކޯޓާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް މީޓީންގ އޮންނާނީ 2023 މާރިޗް 2 ވާ (ބުރާސްފަތި) ދުވަހުގެ 10:00 ގައި އެމިނިސްޓްރީގައި ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ. ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން 13 މާރިޗް 2023 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފީ ދައްކަން ޖެހޭނެ ކަމަށެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ ޕްރޮޕޯސަލް ހުށަހެޅުމުގެ ފީ ދައްކާފައިވާ ކުންފުނިތަކަށް އެކަނި ކަމަށްވެސް ވެސް ބުންޏެވެ.

މާރިޗު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 13 ވަނަ ދުވަހާ ހަމައަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން ފެށިގެން 12:00 އަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފީ ބަލައިގަންނާނެ އެވެ. މިނިސްޓްރީއިން ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށައަޅާ ޕްރޮޕޯޒަލްތައް ބަލައި ނުގަންނާނެ ކަމަށް އިއުލާން ގައި ބުނެފައިވެއެވެ.

މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ދިއުމަށް ސައުދީ ސަރުކާރުން 1000 ކޯޓާ ވަނީ ދީފައެވެ. އަދި ސަރުކާރުން އިތުރު ކޯޓާ ހޯދުމަށް ސައުދީ ސަރުކާރާ އަންނަނީ މަސައްކަތް ކުރަމުންނެވެ.