ރޯދަ އިނާޔަތްދޭން ލޭބާ ރިލޭޝަންސް އޮތޯރިޓީ އިން ހަނދާންކޮށްދީފިއެވެ.

Ads by Asuru

ލޭބާ ރިލޭޝަންސް އޮތޯރިޓީ އިން ކުރި އިއުލާނެއްގައި ބުނީ ވަޒީފާއާބެހޭ ޤާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ ޢިނާޔަތުގެ ގޮތުގައި، ރަމަޟާން މަސް ފެށުމުގެ ކުރިން 3,000 ރުފިޔާ ދޭންވާނެ ކަމަށެވެ.

ނަމަވެސް ވަޒީފާދޭ ބައެއް ފަރާތްތަކުން މުވައްޒަފުންނަށް ރަމަޟާން މަހުގެ ޢިނާޔަތް ނުދޭކަމާއި، ޢިނާޔަތް ދިންކަމުގައިވިޔަސް، ޤާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް ދީފައިނުވާކަން މީގެ ކުރިން ފާހަގަކުރެވިފައިވާ ކަމަށް ބުނެފައިވެއެވެ.

އެ އޮތޯރިޓީން ވަނީ ވަޒީފާ ދީގެން މުވައްޒަފުން ގެންގުޅޭ އެންމެހާ ފަރާތްތަކުންވެސް، މިހިނގާ 1444 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމުގެ ކުރިން، ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މުވައްޒަފުންނަށް ރަމަޟާން މަހުގެ ޢިނާޔަތް ދިނުމަށް ހަނދާންކޮށްދީފައެވެ.