ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުން ނިމުމަކަށް ގެންނަން ވަރަށް އަވަހަށް ބިލެއް ހުށަހަޅުއްވާނެ ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ އެމްއެންޕީގެ ނައިބު ރައީސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރިޔާޒު މިހެން ވިދާޅުވީ އާންމުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލުމާ ގުޅިގެންނެވެ. މި މައްސަލަ މަޖިލީހަށް ހުށައެޅުއްވީ ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.

މި މައްސަލަ ބޭރުކޮށްލުމުން ރިޔާޒު ވިދާޅުވީ ޕާޓީތަކުގެ ދަފްތަރަށް ބަލައިގެން އިލެކްޝަންސް ކޮމިޝަނުން ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ފައިސާދޭހާ ދުވަހަކު މިކަން މިގޮތައް ހިނގާނެ ކަމަށެވެ.

އެގޮތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ނިމުމަކަށް ގެނައުމަށް ގާނޫނު އިސްލާހުކުރަން އެމްއެންޕީން ބިލެއް ވަރަށް އަވަހަށް މަޖިލިހަށް ހުށަހަޅާނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.