ހދ. ވައިކަރަދޫ ކައުންސިލުން ހުސްވި އަންހެން ކައުންސިލަރުގެ ގޮނޑި، އެމްޑީޕީގެ ކެންޑިޑޭޓު ކާމިޔާބު ކުރައްވައިފިއެވެ.
އެ ކައުންސިލުގެ ގޮނޑިއަށް މީހަކު އިންތިޚާބު ކުރަން ބޭއްވި ބައި-އިލެކްޝަންގައި އެމްޑީޕީ އާ ވާދަކުރީ، ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީއެވެ.
މިއަދު ކުރިއަށް ދިޔަ އެ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު ޝިޒުނާއަށް ލިބުނީ 283 ވޯޓެވެ.
އަދާލަތު ޕާޓީގެ ކެންޑިޑޭޓް ފާތިމަތު ނަޒުލާއަށް ލިބުނީ 258 ވޯޓެވެ.
ބައި-އިލެކްޝަން ބާއްވާފައި ވަނީ ވެސް އެމްޑީޕީގެ ކައުންސިލަރަކު އެ މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ.
އޭގެ އިތުރަށް ވައިކަރަދޫ އަންހެނުންގެ ތަރައްގީއަށް މަަސައްކަތްކުރާ ކޮމެޓީގެ ގޮނޑިއެއް ވެސް ހުސްވެގެން މިއަދު އެ ބައި-އިލެކްޝަން ވެސް ބާއްވައިފައިވާއިރު، އެ ގޮނޑި އަދާލަތު ޕާޓީގެ ކެންޑިޑޭޓް ފާތިމަތު ޒުނައިނާ ކާމިޔާބުކުރީ 376 ވޯޓުންނެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރަމްޒިއްޔާ އިބްރާހީމަށް ލިބުނީ 163 ވޯޓެވެ.
