އަމީނީ މަގުގެ ފުރަތަމަ ތިން ސެގްމެންޓުގައި ތާރު އަޅާފައިވާ ސަރަހައްދު އާއްމުންނަށް ހުޅުވާލައިފިއެވެ.
ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑުން (އާރުޑީސީ)އިން ބުނީ އަމީނީ މަގުގެ އެއްވަނަ ސެގްމެންޓާއި ދެވަނަ ސެގްމެންޓުގެ އިތުރުން ތިން ވަނަ ސެންގްމެންޓުގައި ތާރު އަޅާފައިވާ ސަރަހައްދު އާއްމުންނަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެ ކޯޕަރޭޝަނުން ބުނި ގޮތުގައި އެ ސަރަހައްދު އާންމުކޮށް ހުޅުވާލި ނަމަވެސް ފިނިޝިންގެ ބައެއް މަސައްކަތްތައް އަދިވެސް ކުރިއަށްދާނެއެވެ. އަދި ސްޓޯމް ވޯޓާ ސިސްޓަމް ގާއިމު ކުރުމަށް މޫނިމާ ހިނގުން ބަންދު ކޮށްފައިވާ ކަމަށް ވެސް އާރުޑީސީން ވަނީ ބުނެފައެވެ.
ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކޮށްގެން އަމީނީމަގު ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުއެވެ.
ސަބް ކޮންޓްރެކްޓު އުސޫލުން، މަގުގައި ތާރުއެޅުމުގެ މަސައްކަތް ހަވާލު ކުރީ އެމްޓީސީސީއާއެވެ.
