އަދާރަން މީދުއްޕަރު ރިސޯޓުގައި ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެއެވެ.

Ads by Asuru

ގެނބިގެން ޓޫރިސްޓަކު އުނގޫރާފު ހޮސްޕިޓަލަށް ގެންދިޔައީ މިއަދު މެންދުރު ފަހުއެވެ. އެ ހޮސްޕިޓަލުން ބުނީ މިއަދު ފަހު 1:00 ޖަހައި ބޮޑުވި ފަހުން އެތަނަށް ގެންދިޔައީ އަންހެން ޓޫރިސްޓެއް ކަމަށާއި އޭނަ ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.

ނަމަވެސް މަރުވި ޓޫރިސްޓާ ބެހޭ އިތުރު ތަފުސީލެއް ނުލިބެއެވެ.

މިދިޔަ އާދީއްތަ ދުވަހު ކުރަމަތި ރިސޯޓުގައި މޫދަށް އެރި އުޅުނު ޓޫރިސްޓަކު ވެސް މަރުވެފައިވެއެވެ.