އިދިކޮޅު ޕީޕީއެމްގެ ވެލިދޫ ދާއިރާގެ ރައީސް މުހައްމަދު މާލިކް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)އާ ގުޅިވަޑައިގެންފިއެވެ.

Ads by Asuru

އޭނާ އެމްޑީއޭއަށް ސޮއި ކުރެއްވިކަން ހާމަކޮށް، އެ ޕާޓީން ބުނީ، އޭނާ ޕާޓީއަށް ސޮއި ކުރެއްވީ އިއްޔެ ކަމަށާއި، ފޯމާ ހަވާލުވެވަޑައިގަތީ، އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ކަމަށެވެ.

އެމްޑީއޭއިން ބުނީ ވެލިދޫ ދާއިރާގެ ރައީސް ޕާޓީ އާއި ގުޅިގެން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ކާމިޔާބު ހޯދައިދިނުމަށް ދާއިރާގައި މުހިންމު މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

އެމްޑީއޭއިން ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އާއި އެކު ކޯލިޝަން ހަދައިފައެވެ.