”މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023“ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މިއީ މިދިޔަ އަހަރު ދޭން ފެށި އެވޯޑެކެވެ.
މި އަހަރުގެ އެވޯޑި ހަފްލާގައި ވެެސް، ރާއްޖޭގައި ކުޅިވަރު ކުޅޭ ކުޅުންތެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން ފެށުނު ހަފްލާގައި ކުޅުންތެރިންނާއި ކޯޗުންނާއި ކުޅިވަރުގެ އޮފިޝަލުންގެ އިތުރުން ކުޅިވަރުން ރަން ވަނަތައް ހޯދާ ކުޅުންތެރިންނަށް ވެސް އެވޯޑް ދޭނެއެވެ.
މި އިވެންޓްގައި ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކުޅިވަރު ޝަހުސިއްޔަތުތަކެއް ބައިވެރިވާނެ ކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ.
މިއަހަރުގެ ހަފްލާގައި ބައިވެރިވާ މަޝްހޫރު ފަރާތްތަކަކީ، އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު ޑޭވިޑް ޖޭމްސް، ކްރިކެޓްގެ ތާރީހީ ރެކޯޑްތަކެއް ހޯލްޑް ކުރާ ބެޓްސްމަން، ބްރަޔާން ލާރާ، ސްޕެޝަލް އެތުލީޓް، މާލޫ ވެން ރައިންއެވެ.
